ކޮމެޓީގެ މެމްބަރުން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ރަށުގެ ނުވަތަ ސިޓީގެ ތަރައްޤީގެ ކަންކަމުގައާއި ކައުންސިލުން ދެމުންގެންދާ ރަށްވެހިކަމުގެ ޚިދުމަތްތަކާ ބެހޭގޮތުން ކައުންސިލަށް ލަފާދިނުން؛
  2. ރަށުގެ ނުވަތަ ސިޓީގައި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުން؛
  3. ރަށުގެ ނުވަތަ ސިޓީގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން؛
  4. ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުން؛
  5. މަތީ ތަޢުލީމު ޙާޞިލުކުރާ އަންހެނުންގެ ޢަދަދު އިތުރުކުރުމަށް މަސައްކަތްކުރުން؛
  6. އަންހެނުންނާއި ކުޑަކުދިންގެ ޞިއްޙީ ޙާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުން؛
  7. އަންހެނުންނަށް ލިބޭ ވަޒީފާއާއި ވިޔަފާރީގެ ފުރުޞުތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރުން ؛
  8. އަންހެނުންނާބެހޭ މުހިންމު މަޢުލޫމާތު އެއްކުރުން

ކޮމެޓީގެ 4 ވަނަ ދައުރުގެ މެމްބަރުން

ޢާއިޝަތު ނަޠާޝާ

ކޮމެޓީގެ ރައީސާ

ޒުލައިޚާ ޒިޔާދާ

ކޮމެޓީގެ ނައިބު ރައީސާ

މެމްބަރު ނެތް

ކޮމެޓީގެ މެމްބަރ

ފާޠިމަތު ޙަސަން

ކޮމެޓީގެ މެމްބަރ

ސާދުނާ ޝަރީފް

ކޮމެޓީގެ މެމްބަރ