
ނޫމަރާ ކައުންސިލުން ޑިސެންބަރުމަހު ޢާއްމުކޮށް ހުޅުވާލައިގެން ރައްޔިތުންނަށް ބާވަންޖެހޭ ބައްދަލުވުން 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 19 ވީ އަންގާރަ ދުވަހުގެ ރޭގަނޑު 20:30 ނޫމަރާ ޕްރީ ސްކޫލް ހޯލުގައި ބާއްވައިފިއެވެ.
މި ބައްދަލުވުމަކީ ޤާނޫނު ނަންބަރު 2010/7 ”ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު“ ގެ 107 ވަނަ މާއްދާގެ ދަށުން، ޑިސެންބަރުމަހު ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބާއްވަންޖެހޭ ކައުންސިލްގެ ބައްދަލުވުމާއި ޤާނޫނު ނަންބަރު 2010/7 ”ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު“ ގެ 1-107 ވަނަ މާއްދާގެ ދަށުން، ކައުންސިލުން ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ކޮންމެ 4 (ހަތަރެއް) މަހަކުން ބާއްވަންޖެހޭ ބައްދަލުވުމެވެ.

މިބައްދަލުކުރެއްވުމުގައި ނޫމަރާ ކައުންސިލުގެ 2023 ވަނަ އަހަރުގެ މަސައްކަތު ތާވަލުން ހާޞިލުކުރެވިފައިވާ މިންވަރާއި 2024 ވަނަ އަހަރުގެ މަސައްކަތު ތާވަލު އަދި 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް އަދި ކައުންސިލުން 2023 ވަނަ އަހަރު ކުރެވިފައިވާ މުޙިއްމުކަންކަމާއި 2024 ވަނ އަހަރަށް ކުރަން ރާވާފައިވާ މުޙިއްމު ކަންކަން ރައްޔިތުންނާއި ހިއްސާކޮށްފައެވެ.

ރަށުގެ ރައްޔިތުންނާއި، ޒުވާނުންނާއި ރަށުގެ އިސްރައްވެހިން ބައިވެރިވި މިބައްދަލުވުމުގައި 2024 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ލަފާކުރާ ބަޖެޓާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުނެވެ. މިގޮތުން ރައްޔިތުންގެ ފަރާތުން މަސައްކަތު ތާވަލާއި ބަޖެޓުގައި ހިމެނުމަށް ބޭނުންވާ ކަންކަމަކީ ކޮބައިތޯ އޮޅުންފިލުވާފައިވާނެއެވެ. މީގެ އިތުރުން މިބައްދަލުވުމުގައި 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ކައުންސިލުން ހިންގާފައިވާ ހަރަކާތްތަކާއި ކައުންސިލްގެ މާލީ ހިސާބުތައް ރައްޔިތުންނާއި ހިއްސާކުރެވުނެވެ. މީގެ އިތުރުން ކައުންސިލުން 2024 ވަނަ އަހަރަށް އަންދާޒާ ކުރެވޭ ބަޖެޓަށް މިބައްދަލުވުމުގައި ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދިފައިވެއެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުގެ އެސް.ޖީ ވިދާޅުވީ ކުރިއަށް އޮތް 2024 ވަނަ އަހަރަކީ ނަތީޖާ ނެރެވޭނެ އަހަރެއްކަމަށް އުންމީދު ކުރައްވާކަމަށާއި ރައްޔިތުންނާއި ގުޅުންހުރި ގިނަ މަސައްކަތްތަކެއް ކުރުމަށް ކައުންސިލުން ރާވައިފައިވާ ކަމަށެވެ.