ކައުންސިލްގެ 02 ވަނަ ޤުރުއާން މުބާރާތް 1445 ބާއްވައިފި

ޖަޖުކަން ކުރެއްވި ބޭފުޅަކަށް ކައުންސިލްގެ ރައީސް (ވ) ހަނދާނީ ފިލާ ދެއްވަނީ

ނޫމަރާ ކައުންސިލުން އިންތިޒާމްކޮށްގެން ރާވާ ހިންގާ ކައުންސިލްގެ ޤްރުއާން މުބާރާތް މި އަަހަރުވެސް ކުރިޔަށް ގެންގޮސްފިއެވެ. މި މުބާރާތަކީ ކައުންސިލްގެ 02 ވަނަ ޤްރުއާން މުބާރާތެވެ. އާއްމުންނަށް ހުޅުވާލައި އިޢުލާނުކޮށްގެން ކުރިޔަށްގެންދެވުނު މި ޤްރުއާން މުބާރާތް ބާއްވާފައިވަނީ 18 މެއި 2024 ވީ ހޮނިހިރު ދުވަހުއެވެ.

މުބާރާތުގައި ބައިވެރިޔަކަށް ކައުންސިލް މެމްބަރ (ވ) ޓްރޮފީ ދެއްވަނީ
މުބާރާތުގައި ބައިވެރިޔަކަށް ކައުންސިލް މެމްބަރ (ވ) ޓްރޮފީ ދެއްވަނީ

07 (ހަތެއް) އުމުރުފުރާއަކަށް ބަހާލައިގެން ކުރިޔަށް ގެންދެވުނު މި މުބާރާތުގައި 06 (ހައެއް) އުމުރުފުރާއަކުން 16 ބައިވެރިން ވާދަކޮށްފައިވެއެވެ. މި މުބާރާތުގައި ކައުންސިލްގެ 01 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވެފައިވާ ބައިވެރިންގެ އަދަދަށް ވުރެ ބައިވެރިންވަނީ އިތުރުވެފައެވެ. މުބާރާތުގެ ޖަޖުކަން ކޮށްދެއްވާފައިވަނީ ރަށުން ބޭރުގެ 04 ބޭފުޅުންނެވެ.

ޤްރުއާން މުބާރާތުގެ ތެރެއިން

މުބާރާތް ފެށިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނެވެ. އަދި މުބާރާތުގެ ހުރިހާ ބައިވެރިންގެ ކިޔެވުން މެންދުރު ފަހު ވަނީ ނިންމާލެވި ނަތީޖާ ފާޅުކޮށް ވަނަވަނަ ދިޔަ ފަރާތްތަކަށް ޓްރޮފީ އަދި ހަނދާނީ ލިޔުން ދީފައެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލްގެ ރައީސް ވިދާޅުވެފައިވަނީ، މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ ރައްޔިތުންނަކީ ކީރިިތި ޤުރުއާނަށް ލޯބިކުރާ ޤުރުއާނުގެ ޢިލްމު ލިބިފައިވާ ބަޔަކަށް ހެދުންކަމުގައެވެ. ރައީސް އިތުރަށް ފާހަގަކޮށްފައިވާގޮތުގައި މުބާރާތުގައި ބައިވެރިވާ ބައިވެރިންގެ އަދަދު އަހަރުން އަހަރަށް އިތުރުވެގެން ދާކަމީ މުބާރާތުގެ މަގުސަދު ހާސިލުވަމުންދާ ކަމެކެވެ. އެގޮތުން ބައިވެރިވި ބައިވެރިންނަށް ކައުންސިލްގެ ރައީސްގެ ނަމުގައާއި ކައުންސިލްގެ އެންމެހާ މުވައްޒަފުންގެ ނަމުގައު ޝުކުރު ދެންނެވިއެވެ. އަދި ކައުންސިލްގެ ސިލްސިލާ ޤުރުއާން މުބާރާތް އަންނަ އަހަރުވެސް ކުރިޔަށް ގެންދަވާނެ ކަމުގައި އިޢުލާން ކުރެއްވިއެވެ.

މި މުބާރާތުގައި ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމުތައް ބައްސަވާދެއްވާފައިވަނީ ކައުންސިލް މެމްބަރު ސިތާރާ ޢަލީ، ކައުންސިލް މެމްބަރ މަރްޔަމް އާދިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޢާއިޝަތު ނަތާސާ އަދި ނައިބް ރައީސާ ޒުލައިޚާ ޒިޔާދާއެވެ. ޖަޖުކަން ކުރެއްވި ފަރާތްތަކަށް ހަނދާނީ ފިލާތައް އެރުވީ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ ރަބީއުއެވެ.