
ނޫމަރާއަކީ މިލަދުންމަޑުލު އުތުރުބުރީގެ އިރުމަތީ ބިތުގައި، އަތޮޅުގެ ވެރިކަން ކުރާ ރަށް ފުނަދޫ އާއި 40.2 ކިލޯމީޓަރު ދުރުގައި އަދި ދިވެހިރާއްޖޭގެ ވެރިރަށް މާލެއާ 255 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. މިރަށަކީ އަތޮޅުގެ ނިސްބަތުން ބިން ކުޑަ، އާބާދީގެ ގޮތުންވެސް އެންމެ މަދުން މީހުން ދިރިއުޅޭ ރަށެވެ. މިރަށަށް ދީފައިވާ ނަންބަރަކީ C2 އެވެ. މިރަށުގެ ބިމުގެ ބޮޑުމިނަކީ 41.1 ހެކްޓަރެވެ. ދިގުމިނުގައި 900 މީޓަރު (2970 ފޫޓް)، ފުޅާމިނުގައި 480 މީޓަރު (1584 ފޫޓް) ހުރެއެވެ.