އަލީ އާރިފް
ލޯކަލް ކައުންސިލްތަކުގެ ތެރެއިން އެންމެ ރަނގަޅަށް ހިންގާ ކައުންސިލްތަކަށް ދޭ ”ކަންގަތި“ އެވޯޑް ގެ ކާންނާ ހަނދާނީ ފިލާ 2022 ވަނަ އަހަރު ލިބޭ ކައުންސިލަކަށް ނޫމަރާ ކައުންސިލް ހޮވިއްޖެއެވެ. މި ހަނދާނީ ފިލާ ލިބެނީ ވޭތުވެ ދިޔަ އަހަރުގެ ޕާރފޮމަންސް އިންޑެކްސް އާއި އަޅާބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ޙާޞިލު ކޮށްފައިވާ އަތޮޅު އަދި ރަށު ކައުންސިލަކަށެވެ. ލޯކަލް ކައުންސިލްތަކުގެ ޕާފޮމަންސްގައި ނޫމަރާ ކައުންސިލަށް 2021 ވަނަ އަހަރު […]
ނޫމަރާ ކައުންސިލުން ޑިސެންބަރުމަހު ޢާއްމުކޮށް ހުޅުވާލައިގެން ރައްޔިތުންނަށް ބާވަންޖެހޭ ބައްދަލުވުން 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 19 ވީ އަންގާރަ ދުވަހުގެ ރޭގަނޑު 20:30 ނޫމަރާ ޕްރީ ސްކޫލް ހޯލުގައި ބާއްވައިފިއެވެ. މި ބައްދަލުވުމަކީ ޤާނޫނު ނަންބަރު 2010/7 ”ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު“ ގެ 107 ވަނަ މާއްދާގެ ދަށުން، ޑިސެންބަރުމަހު ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބާއްވަންޖެހޭ ކައުންސިލްގެ ބައްދަލުވުމާއި ޤާނޫނު ނަންބަރު […]