ނޫމަރާ ކައުންސިލުން އިންތިޒާމްކޮށްގެން ރާވާ ހިންގާ ކައުންސިލްގެ ޤްރުއާން މުބާރާތް މި އަަހަރުވެސް ކުރިޔަށް ގެންގޮސްފިއެވެ. މި މުބާރާތަކީ ކައުންސިލްގެ 02 ވަނަ ޤްރުއާން މުބާރާތެވެ. އާއްމުންނަށް ހުޅުވާލައި އިޢުލާނުކޮށްގެން ކުރިޔަށްގެންދެވުނު މި ޤްރުއާން މުބާރާތް ބާއްވާފައިވަނީ 18 މެއި 2024 ވީ ހޮނިހިރު ދުވަހުއެވެ. 07 (ހަތެއް) އުމުރުފުރާއަކަށް ބަހާލައިގެން ކުރިޔަށް ގެންދެވުނު މި މުބާރާތުގައި 06 (ހައެއް) އުމުރުފުރާއަކުން 16 ބައިވެރިން ވާދަކޮށްފައިވެއެވެ. މި މުބާރާތުގައި ކައުންސިލްގެ […]
ޚަބަރު
ނޫމަރާ ހުކުރު މިސްކިތުގައި ޒަމާނީ ފެންވަރުގެ ފާޚާނާ ބަރިއެއް ހަދައި 26 ޑިސެންބަރު 2023 ވީ އަންގާރަ ދުވަހު ބޭނުންކުރަން ފަށައިފިއެވެ. މި ފާޚާނާ ބަރިއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން 2023 ވަނައަހަރަށް މިސްތަކުގެ އާބާތުރަ ފިލުވުމަށް ދެއްވި ފައިސާއާއި ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ޢިމާރާތްކުރެވިފައިވާ ޢިމާރާތެކެވެ. މި ޢިމާރާތުގައި ދެ ފާޚާނާއާއި ގުދަނެއް ހިމެނެއެވެ. މިސްކިތުގައި އަލަށް ފާޚާނާ ބަރިހެދިފައިވަނީ އެއް ފާޚާނާ ފެންވެރުމަށް ޚާއްޞަ ކުރެވިގެންނެވެ. […]
ނޫމަރާ ކައުންސިލުގެ މުވައްޒަފުންނަށް އިތުރު ތަޖުރިބާ އާއި ތަމްރީން ހޯދުމަށްޓަކައި، 2023 ވަނަ އަހަރަށް ކަނޑައަޅާފައިވާ ތަޖުރިބާ ދަތުރު ހދ. ކުރިނބީއަށް 24 ޑިސެންބަރު 2023 ވީ އާދީއްތަ ދުވަހު ކޮށްފިއެވެ. މިދަތުރުގައި ނޫމަރާ ކައުންސިލްގެ މެމްބަރުންނާއި އިދާރީ މުވައްޒަފުން ބައިވެރިވެފައިވެއެވެ. ނޫމަރާ ކައުންސިލުގެ ޓީމު ހދ. ކުރިނބީއަށް ޒިޔާރަތްކުރުމުން ނޫމަރާ ޓީމަށް މަރުޙަބާ ދެންނެވީ ކުރިނބީ ކައުންސިލްގެ ނައިބުރައީސް މުޙައްމަދު ސިޔާޙާއި ކައުންސިލްގެ މެމްބަރުން އަދި ކައުންސިލްގެ މުވައްޒަފުންނެވެ. […]
ލޯކަލް ކައުންސިލްތަކުގެ ތެރެއިން އެންމެ ރަނގަޅަށް ހިންގާ ކައުންސިލްތަކަށް ދޭ ”ކަންގަތި“ އެވޯޑް ގެ ކާންނާ ހަނދާނީ ފިލާ 2022 ވަނަ އަހަރު ލިބޭ ކައުންސިލަކަށް ނޫމަރާ ކައުންސިލް ހޮވިއްޖެއެވެ. މި ހަނދާނީ ފިލާ ލިބެނީ ވޭތުވެ ދިޔަ އަހަރުގެ ޕާރފޮމަންސް އިންޑެކްސް އާއި އަޅާބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ޙާޞިލު ކޮށްފައިވާ އަތޮޅު އަދި ރަށު ކައުންސިލަކަށެވެ. ލޯކަލް ކައުންސިލްތަކުގެ ޕާފޮމަންސްގައި ނޫމަރާ ކައުންސިލަށް 2021 ވަނަ އަހަރު […]
ޤާނޫނު ނަންބަރު: 2010/7 ”ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު“ ގެ 8 ވަނަ މާއްދާގައިވާގޮތުގެ މަތީން، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން، 2023 ވަނަ އަހަރަށް އަތޮޅުގެ ރަށުކައުންސިލްގެ އިދާރާތައް މޮނިޓަރ ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން 2023 ޑިސެންބަރު 19 ވީ އަންގާރަ ދުވަހު ނޫމަރާ ކައުންސިލްގެ އިދާރާ މޮނިޓަރ ކޮށްފިއެވެ. މި މޮނިޓަރިންގ އަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން […]
ނޫމަރާ ކައުންސިލުން ޑިސެންބަރުމަހު ޢާއްމުކޮށް ހުޅުވާލައިގެން ރައްޔިތުންނަށް ބާވަންޖެހޭ ބައްދަލުވުން 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 19 ވީ އަންގާރަ ދުވަހުގެ ރޭގަނޑު 20:30 ނޫމަރާ ޕްރީ ސްކޫލް ހޯލުގައި ބާއްވައިފިއެވެ. މި ބައްދަލުވުމަކީ ޤާނޫނު ނަންބަރު 2010/7 ”ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު“ ގެ 107 ވަނަ މާއްދާގެ ދަށުން، ޑިސެންބަރުމަހު ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބާއްވަންޖެހޭ ކައުންސިލްގެ ބައްދަލުވުމާއި ޤާނޫނު ނަންބަރު […]
ނޫމަރާ ކައުންސިލްގެ އިދާރާގެ ރަސްމީ ވެބްސައިޓް ލޯންޗްކޮށްފިއެވެ. މި ވެބްސައިޓް ލޯންޗުކުރެވިފައިވަނީ ޤާނޫނު ނަންބަރު 2010/7 ”ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު“ ގެ 107 ވަނަ މާއްދާގެ ދަށުން، ޑިސެންބަރުމަހު ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބޭއްވުނު ކައުންސިލްގެ ބައްދަލުވުމާއި ޤާނޫނު ނަންބަރު 2010/7 ”ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު“ ގެ 1-107 ވަނަ މާއްދާގެ ދަށުން، ކައުންސިލުން ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން […]